ސްޕެނިޝް ލީގުގައި ރޭ ރޮބަޓް ލެވަންޑޯސްކީ ކާމިޔާބު ކޮށްދިން ދެ ގޯލާ އެކު ރެއާލް ވަލޮޑޮލިޑް އަތުން ބާސެލޯނާ މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ރެއާލް ވަލޮޑޮލިޑް އަތުން ބާސެލޯނާ މޮޅުވީ 0-4 ގެ ނަތީޖާއަކުންނެވެ.
ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެޓީމުން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 24 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ލެވެންޑޯސްކީއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮސްމާން ޑެމްބެެލޭ އޭރިއާތެރެއިން ހުސްކޮށްލާފައި ދިން ބޯޅަ ޕެޑްރީ ވަނީ ހަމަޖެހިލާފައި ގޯލަށް ފޮނުވާލައި، ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ.
މެޗުގެ 65 ވަނަ މިނިޓްގައި ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ޑެމްބެލޭ ދިން ބޯޅައަކަށް އޭރިއާތެރެއިން ހުސްކޮށް އަރައި، ލެވަންޑޯސްކީ ޖެހި ގޯލެކެވެ. ބާސެލޯނާގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ސާޖީ ރޮބާޓޯ އެވެ.
ރޭގެ ހޯދި މޮޅާއި އެކު ބާސާ ވަނީ މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ ހަތް ޕޮއިންޓާއި އެކު ތާވަލުގެ ތިން ވަނައަށް ޖެހިލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް