ސްޕެނިޝް ލީގުގައި ރޭ އެސްޕަނިޔޯލް އާއި ދެކޮޅަށް ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފިއެވެ.
ރަށުން ބޭރުގައި އެސްނިޔޯލް އާއި ދެކޮޅަށް ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ1-3 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ރެެއާލުން ވަނީ ލީޑު ނަގާފައެވެ. ރެއާލުން ލީޑު ނެގި މި ލަނޑު ކާމިޔާބު ކޮށްދިނީ ވިނީޝިއުސް ޖޫނިއަރއެވެ. އެކަމަކު ހާފް ނިމެން ދެމިނެޓަށް ވެފައިވަނިކޮށް ޖޯސެލޫ ލަނޑު ޖަހާ އެސްޕަނިޔޯލްއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ނަމަވެސް ރެއާލްއިން ދެވަނަ ފަހަރަށް ލީޑު ހޯދީ މެޗުގެ ފުރިހަމަ ވަގުތުހަމަވާން ދެމިނެޓަށްވެފައި ވަނިކޮށް ބެންޒިމާ ޖެހި ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި ބެންޒިމާ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު އިތުރަށް ފުޅާކޮށް ދިނެވެ. މި ލަނޑު ބެންޒެމާ ޖެހީ ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.
ރޭގެ ރެއާލް އިން ކާމިޔާބު ކުރި އިރު، މިހާތަނަށް އެޓީމު ލީގުގައި ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފައެވެ. އެހެން ކަމުން ރޭގެ މޮޅާއި އެކު ނުވަ ޕޮއިންޓް ހޯދައިގެން އެޓީމު މިވަގުތު އޮތީ ސްޕެނިޝް ލީގުގެ އެއްވަނަ މަޤާމުގައެވެ.
ލީގުގައި ރެއާލް ވަނީ ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދާފައެވެ. ރެއާލް އަތުން ބަލިވި އެސްޕަނިޔޯލްއަށް އޮތީ ކުޅުނު ތިން މެޗުން އެންމެ ޕޮއިންޓެއް ލިބިގެން ލީގުގެ 16 ވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް