އިނގިރޭސ ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ވުލްވަހެމްޓަން ވެންޑަރާސްއާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުން ޔުނައިޓެޑް މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.
ދެޓީމުގެފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރެއްގައި އޮވެ ނިމުނުއިރު، މެޗުގައި ޔުނައިޓެޑުން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު ޖަހާފައިވަނީ ފަހުހާފު ނިމެން ދަނިކޮށް މެޗުގެ 80 ވަނަ މިނެޓުގައެވެ. މި ލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ މޭސަން ގްރީންވުޑްއެވެ. އޭނާ މި ލަނޑު ޖެހީ ވުލްވްސްގެ ޕެނަލްޓީ އޭރިޔާތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މި މޮޅާއި އެކު ޔުނައިޓެޑް ވަނީ ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއި އެކު ލީގުގެ ތިން ވަނައަށް ޖެހިލާފައެވެ.
ޔުނައިޓެޑް ލީގުގައި ދެން ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާއެވެ. މި މެޗު ކުޅޭނީ އަންނަ މަހުގެ 11 ވަނަ ދުވަހުގައެވެ. މި މެޗުގައި މި ފަހަރުގެ ޓްރާންސްފާގައި ޔުނައިޓެޑަށް ބަދަލުވި އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް