މިއަދު ވެސް ޕޮޒިޓިވް ވި އަދަދު 100 އިން މައްޗަށް އަރައިފި

ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން ޕޮޒިޓިވް ވި އަދަދު 100 އިން މައްޗަށް އަރައިފި އެވެ. އެޗްޕީއޭ އިން ބުނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އިން އާދީއްތަ ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް ޕޮޒިޓިވް...

29 Aug 2021 | 17:28

ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން ޕޮޒިޓިވް ވި އަދަދު 100 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭ އިން ބުނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އިން އާދީއްތަ ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް ޕޮޒިޓިވް ވި 113 މީހުންގެ ތެރޭގައި މާލެއިން 42 މީހުންނާއި އަތޮޅުތަކުން 60 އަދި ރިސޯޓުތަކުން 11 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 16 މީހުންނަށް ފަރުވާ ދޭ އިރު، 226 މީހުން ވަނީ މަރުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް 80،791 މީހުންނަށް ކޮވިޑު ޖެހިފައިވާ އިރު، 78،894 މީހުން ވަނީ އެބަލިން ރަނގަޅުވެފަ އެވެ.

އެކްޓިވް ކޭސްގެ އަދަދަކީ 1،658 އެވެ.

https://twitter.com/HPA_MV/status/1432025265002012673

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް