24 ގަޑި އިރުގެ ޚިދުމަތާއެކު ހިލޭ ގުޅޭ ހޮޓްލައިން ނަމްބަރެއް އެމްޓީސީސީ އިން ތަޢާރަފް ކޮށްފި

24 ގަޑި އިރުގެ ޚިދުމަތާއެކު ހިލޭ ގުޅޭ ހޮޓްލައިން ނަމްބަރެއް އެމްޓީސީސީ އިން ތަޢާރަފް ކޮށްފި އެވެ. ހޮޓެލް ޖެންގެ ބޯލް ރޫމްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ހޮޓްލައިންގެ ގޮތުގައި ތ...

29 Aug 2021 | 15:56

24 ގަޑި އިރުގެ ޚިދުމަތާއެކު ހިލޭ ގުޅޭ ހޮޓްލައިން ނަމްބަރެއް އެމްޓީސީސީ އިން ތަޢާރަފް ކޮށްފި އެވެ.

ހޮޓެލް ޖެންގެ ބޯލް ރޫމްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ހޮޓްލައިންގެ ގޮތުގައި ތަޢާރަފްކޮށްފައިވަނީ 1650 އެވެ. އަދި މި ހޮޓްލައިން ލޯންޗުކޮށްދެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

އެ ކުންފުނިން ބުނީ އެއީ ތަފާތުގިނަ ވިޔަފާރިތަކެއް ކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި އެހެނެވެ، ހޮޓްލައިނަކީ ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ.

"ހޮޓްލައިންގެ ބޭނުމަކީ ކުންފުނީގެ ހުރިހާ ޚިދުމަތްތަކާއި، އޮޕަރޭޝަންތަކުގެ މައުލޫމާތު އެއް ނަމްބަރަކުން ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސުން. މި ނަމްބަރާއެކު ހުރިހާ ޑިވިޒަންތަކާއި ގުޅުންހުރި ސުވާލުތަކަށް ހޮޓްލައިން މެދުވެރިކޮށް ޖަވާބު ހޯދި، ކަސްޓަމަރުންނަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ." އެމްޓީސީސީ އިން ބުނެއެވެ.

އެ ކުންފުނީގެ ކަސްޓަމަރުންނާ ކޮންޓެކްޓް ކުރަން މިހާރު ބޭނުންކުރާ ނަންބަރުތައް މަސްދުވަސްތެރޭ ބޭނުންކުރުން ހުއްޓާލާނެ ކަމަށް ވެސް ބުނެއެވެ.

މި ހޮޓްލައިނަށް ޚާއްސަކޮށްގެން އެމްޓީސީސީން ވަނީ ކޯލް ސެންޓަރެއް ގާއިމުކޮށްފަ އެވެ. އަދި އެކަމަށް ބޭނުންވާ މުވައްޒަފުންނަށް ޚާއްސަ ތަމްރީނު ވެސް ވަނީ ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް