ރާއްޖެއިން އާންމުކޮށް ނުފެންނަ ވައްތަރެއްގެ ބޮނޑެއް އެމްޕީއެލް ތެރެއިން ފެނިއްޖެ

ރާއްޖެއިން އާންމުކޮށް ނުފެންނަ ވައްތަރެއްގެ ބޮނޑެއް ފެނިއްޖެ އެވެ. އެމްއެންޑީއެފުން ބުނީ އެ ބޮނޑު ފެނިފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގެ ތެރެއިން ކަމަށެވެ. އެކަމުގެ ރިޕޯޓު ކ...

29 Aug 2021 | 12:16

ރާއްޖެއިން އާންމުކޮށް ނުފެންނަ ވައްތަރެއްގެ ބޮނޑެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ބޮނޑު ފެނިފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގެ ތެރެއިން ކަމަށެވެ. އެކަމުގެ ރިޕޯޓު ކޮށްފައިވަނީ މެންދުރު 1:45 ގައި އެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ފެނިފައިވަނީ "ވައިލްޑް އިގުއާނާ" އެއް ކަމަށެވެ. އޭތި މިހާރު ވަނީ ސިފައިންގެ ބެލުމުގެ ދަށުން ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

އެ ބޮނޑުގައި ގާަތްގަނޑަކަށް ދެ ފޫޓު ކުރި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީ ތެރޭގައިވެސް ވަނީ އާދަޔާ ހިލާފު ކަމެއް ވެފަ އެވެ. ގޮތް ނޭނގޭ ޕާރުސަލެއް އެ މިނިސްޓްރީއަށް ލިބި މުޅި ތަން އަލާޓަށް އައިސްފައިވާއިރު އެ ޕާރުސަލް ކެނޑީ އެމްއެންޑީއެފް ބޮން ސްކޮޑް ގެންގޮސްގެން މުޅި އޮފީސް ހުސް ކުރުމަށް ފަހު އެވެ.

ފަހުން އެނގުނު ގޮތުގައި އޭގެ ތެރޭގައި ހުރީ މާމުއި ފުޅިތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް