ރަސްފަރު ފަރަށް އެރި އާގު ބޯޓު 10 ދުވަސް ފަހުން ފުން ކޮށްފި

ކ ރަސްފަރު ފަރަށް އެރި އާގު ބޯޓު ފުން ކޮށްފި އެވެ. އެމްއެންޑީއެފުން ބުނީ އެ ބޯޓު ފުން ކުރެވިފައިވަނީ މިއަދު މެންދުރު2:15 ހާއިރު ކަމަށެވެ. ބޯޓު ފުން ކޮށްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި ޓްރާންސްޕޯޓ...

29 Aug 2021 | 11:38

ކ ރަސްފަރު ފަރަށް އެރި އާގު ބޯޓު ފުން ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓު ފުން ކުރެވިފައިވަނީ މިއަދު މެންދުރު2:15 ހާއިރު ކަމަށެވެ. ބޯޓު ފުން ކޮށްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި ޓްރާންސްޕޯޓު މިނިސްޓްރީގެ އިތުރުން އެ ބޯޓުގެ ވެރިފަރާތް ގުޅިގެން ކުރި މަސައްކަތުންނެވެ.

މިހާތަނަށް ބެލި ބެލުމުން، ތިމާވެއްޓަށް ގެއްލުންވާނެ އެއްޗެއް އެއްޗެއް ބޯޓުން ބޭރުވެފައިވާ ނުވާ ކަމަށް ވެސް ބުންޏެވެ. ބޯޓު ފަރަށް އެރިއިރު އޭގައި ހުރީ ބޯޓު ދުއްވުމަށް ބޭނުންކުރުމަށް ހުރި 1،200 ޓަނުގެ ލޯސަލްފާ އައިއެފްއޯ އަދި 80 ޓަނުގެ ލޯސަލްފާ މެރިން ގޭސް އޮއިލް އެވެ.

ބަޔާނުގައި ބުނީ އުޅަނދު ފުންކުރުމަށް ފަހު، ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބުނު ގެއްލުން ބެލުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ކޯސްޓްގާޑުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ބަޔާނުގައިވެ އެވެ.

އެެ ބޯޓުގެ އިންޖީނު ހުއްޓުނީ 18 ވަނަ ދުވަހުގެ މެންދުރު 1:30 ހާއިރެވެ. އޭރު އޮތީ މާލެ އަތޮޅުގައި އޮންނަ ހިމާޔަތް ކޮށްފައިވާ ރަސްފަރި އާ 17 ނޯޓިކަލް މޭލު ދުރުގަ އެވެ. އެހާ ހިސާބުން އޮޔާ ގޮސް ބޯޓު ފަރަށް އެރީ އޭގެ އަނެއް ދުވަހު ހެނދުނު 6:30 ވާން އުޅެނިކޮށެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓަކީ 32،415 ޓަނުގެ ބަލްކް ކެރިއާ އެކެވެ. ދިގުމިނުގައި 189.99 މީޓަރު (623.23 ފޫޓް) ހުރި އެ އާގުބޯޓު ރަސްފަރީ ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދާން "އިނޮސެންޓް ޕެސޭޖް" ގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް