ޓޫރިޒަމް މިނިސްޓްރީން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ރިޕޯޓު ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެ މިނިސްޓްރީ ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން އެމްއެންޑީއެފް ބޮން ސްކޮޑުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިންފޮމޭޝަން އޮޮފިސަރު ވަނީ އޮފީސްތަކަށް ގެންނަ ގޮތް ނޭނގޭ އެއްޗިއްސާއި ހަވާލުނުވުމަށް އެދިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެއްޗެއް އެ މިނިސްޓްރީއަށް ގެންދިޔައީ މީހަކު ޕާރުސަލް ކޮށްގެންނެވެ.
އެމްއެންޑީއެފުން ވަނީ އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުން އެތަނުން ހުސްކޮށްފައި އެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް