ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު މީހުންނަށް ޚާއްސަކޮށްގެން މޯލްޑިވް ގޭހުން ފަށާފައިވާ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ "ހިޔާ ޕްރޮމޯޝަން"ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން އަންނަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް ގޭސްފުޅި ހިލޭ ލިބޭއިރު، ގޭސްފުޅި އިންސްޓޯލް ކޮށްދޭނީ ވެސް ހިލޭ ކަމަށް ބުންޏެވެ.
މޯލްޑިވް ގޭހަށް ގުޅައިގެން ވެސް މި ޕްރޮމޯޝަން ގައި ބައިވެރިވެވޭގޮތަށް ހަމަޖައްސާފައިވާ އިރު، ހިޔާ ފްލެޓް ސަރަހައްދުގައި ކޮންމެ ދުވަހަކު ހަވީރު 4 އިން އިރުއޮއްސި 6 އަށް އެ ކުންފުނިން ވަނީ ޓެންޓު ޖަހައި ރެޖިސްޓަރ ކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ގޭސް ރީފިލް ކުރުމަށް ދައްކަން ޖެހޭނީ 200 ރުފިޔާ އެވެ.
https://twitter.com/maldivegas/status/1431539303520165890
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް