އިސްލާމް ކިޔަވައިދޭން ބޭރު ޓީޗަރުން ގެނައުމަކީ ނުރައްކާ ބޮޑު ކަތި ފިޔަވަޅަކަށް ވެދާނެ: އާދަމް

އިސްލާމް މާއްދާ ކިޔަވައިދޭން ބިދޭސި ޓީޗަރުން ގެނައުމީ ނުރައްކާތެރިކަން ބޮޑު ކަމެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ. އޭނާ މިހެ...

29 Aug 2021 | 07:40

އިސްލާމް މާއްދާ ކިޔަވައިދޭން ބިދޭސި ޓީޗަރުން ގެނައުމީ ނުރައްކާތެރިކަން ބޮޑު ކަމެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި ބައްދަލު ކުރުމަށް ފަހު އެމްޑީޕީގެ "މެއި ހައެއް" ކޮމިޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވި އެއްޗަކާއި ގުޅިގެންނެވެ. އަފީފު ވިދާޅުވީ ދަރިވަރުން ހަރުކަށި ފިކުރަށް ދިއުން ހުއްޓުވަން އިސްލާމް މާއްދާ ކިޔަވައި ދޭނެ ޓީޗަރުން ރާއްޖެއިން ބޭރުން ގެނައުމުގެ ވިސްނުން އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާަގަ އެވެ.

އެވާހަކަ އާއި ގުޅިގެން ދައުލި ދާއިރާަގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އާދަމް ޝަރީފުގެ ޓުވީޓުގައިި ވިދާޅުވީ އިސްލާަމް ކިޔަވައިިދޭން ބިދޭސީ ޓީޗަރުން ގެނައުމީ ވަރަށް ނުރައްކާތެރި އަދި ކަތި ފިޔަވަޅަކަށް ވެދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ބޭރުން ގެންނަ މީހާ އަކީ ހަރުކަށި ނުވަތަ ޓެރަރިޒަމްގެ އެޖެންޓެއް ނޫންކަން ކަށަވަރު ކުރަން އުނދަގޫވާނެ ކަމަށެވެ.

ބޭރުން ގެންނަ ޓީޗަރުންނަށް ކުދިން ތަަރުބިއްޔަރު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. އާދަމް އިތުރަށް ވިދާޅުވީ މުއާމަލާތް ކުރަން ޖެހޭ ބަހުގެ މައްސަލަވެސް ދިމަވާނެ ކަމަށާއި ބޭރުން ޓީޗަރުންތަކެއް ގެނައުމުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ގެއްލޭނެ ކަމަށެވެ.

https://twitter.com/Adamshareefz/status/1431856429149810688

އަފީފް ވިދާޅުވީ ކޮމެޓީގެ މެންބަރުން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއެކު ބޭއްވެވި ބައްދަލުވުމުގައި ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރިފައި އޮތް މިންވަރާމެދު ވާހަކަ ދެކެވިފައިވާ ކަމަށެވެ. އަދި އެކަންކަން ހުއްޓުވަން އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތައް މިނިސްޓަރު ސާފު ކޮށްދެއްވި ކަމަށެވެ.

އަފީފު ވިދާޅުވީ މިހާރުވެސް ޕްރިވެންޝަން ޕްރޮގްރާމްތަކާއި ކްރިޓިކަލް ތިންކިން އަދި އެކަކު އަނެކަކަށް އިހުތިރާމް ކުރަން ދަސްކޮށް ދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އަފީފު ވިދާޅުވި ގޮތުގައި މިހާރުވެސް ސުކޫޫލުތަކުގައި ހަރުކަށި ފިކުރަށް ގޮސްފައިވާ ދަރިވަރުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ހަރުކަށި ފިކުރު ފަތުރާ މީހުން ހާއްސަ ޓާގެޓެއް ދިރިއުޅުން ނިކަމެތިކޮށް ހުންނަ ކުދިންނަށް ކުރާ ކަމަށް ވެސް އެޑިއުކޭޝަނުން ފާހަަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން ކަރިކިއުލަމަށް ބަދަލު ގެނެސް އިސްލާމް މާއްދާގައި ހުރި ނަފުރަތު އުފައްދާ ފަދަ ލިޔުންތައް ބަދަލު ކުުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަަމަށް ވެސް އަފީފް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް