އުރީދޫގެ ފަސޭހަ ހޯމް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް 50 އިންސައްތަ އިތުރު ޑޭޓާ ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ރީޗާޖްކުރައްވާ ކޮންމެ ފަހަރަކު އިތުރަށް 50 އިންސައްތަ ޑޭޓޭ އަގަކާއި ނުލާ ކަސްޓަމަރަށް ލިބިގެންދާނެއެވެ. އުރީދޫން ވަނީ ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށްވ އުރީދޫން ޑޭޓާ ރޯލްއޯވަރ ވެސް ތައާރަފްކޮށްފައެވެ.
އުރީދޫން ބުނީ މި ޚިދުމަތް ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް ތައާރަފުކޮށްފައި މިވަނީ ކޯވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެފައި ވާތީ، ހުރިހާ ކަސްޓަމަރުންނަށް އިތުރު ލުއިގޮތްތައް ހޯދާ ދިނުމުގެ ގޮތުން ކަމަށެވެ.
އުރީދޫއިން މިގެނައި ބަދަލާއެކު، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މިޚިދުމަތް ލިބިގެންދާނެއެވެ. ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާއެކު، މަސް ނިމޭއިރު، ޕޯސްޓްޕެއިޑް ކަސްޓަމަރުން ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ. ޕްރިޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ހޯދުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަވުމުގެ ކުރިން ނަގާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކުރުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުވެސް ބޭނުންކުރެވޭނެއެވެ.
https://twitter.com/OoredooMaldives/status/1431854768704483328
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ ޙުސައިން ނިޔާޒް ވިދާޅުވެފައިވަނީ އުރީދޫން އަބަދުވެސް މަސައްކަތްކުރަނީ ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އައު އީޖާދީ ޕްރޮޑަކްޓްތަކާއެކު ކުންފުނީގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭތޯ ކަމަށެވެ.
ހަމައެހެންމެ ހެޔޮ އަގެއްގައި ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ އުރީދޫގެ އެއް އަމާޒެވެ. އުރީދޫއިން ބުނީ މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިމަހުގެ ނިޔަލަށް ކަމަށެވެ.
މި ޕްރޮމޯޝަނާއި ގުޅޭ މައުލޫމާތު އުރީދޫ އެޕްލިކޭޝަން އަދި ވެބްސައިޓު މެދުވެރިކޮޮށް ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް