ކޮޅުފުށީ ސްކޫލް ޓީޗަރުން މެނޭޖްމެންޓާއި މެދު ހިތްހަމަ ނުޖެހިގެން މުޒާހަރާކޮށްފި

މ. ކޮޅުފުށީގއި ހުންނަ މީމު އަތޮޅު މަދަރުސާގެ ޓީޗަރުން މުޒާހަރާ ކޮށްފި އެވެ. މިއަދު ސްކޫލް ގޯތި ތެރޭގައި ޓީޗަރުން މުޒާހަރާ ކުރީ އެކި ޝުއޫރުތައް ހިމެނޭ ގަނޑުތައް ހިފައިގެން ތިބެގެންނެވެ. ޓީޗަރުންގެ މުޒާ...

29 Aug 2021 | 07:23

މ. ކޮޅުފުށީގއި ހުންނަ މީމު އަތޮޅު މަދަރުސާގެ ޓީޗަރުން މުޒާހަރާ ކޮށްފި އެވެ.

މިއަދު ސްކޫލް ގޯތި ތެރޭގައި ޓީޗަރުން މުޒާހަރާ ކުރީ އެކި ޝުއޫރުތައް ހިމެނޭ ގަނޑުތައް ހިފައިގެން ތިބެގެންނެވެ. ޓީޗަރުންގެ މުޒާހަރާ އާއި ގުޅިގެން މިއަދު ސްކޫލްގައި ކިޔަވަިއދީފައެއް ނުވެ އެވެ.

އެހެންވެ ދަރިވަރުން ސްކޫލަށް ދިޔަ ނަމަވެސް އަނބުރާ ވަނީ ގެއަށް ފޮނުވާލާފަ އެވެ.

ކޮޅުފުށީ ކައުންސިލުން މީޑިއާގައި ބުނީ ޓީޗަރުން ހިތްހަމަ ނުޖެހިގެން އުޅެނީ ޓީޗަރުން މެނޭޖްމެންޓާއި މެދު ހިތްހަމަ ނުޖެހިގެން އުޅޭނީ އެ މައްސަލައިގަ ކައުންސިލުން ސްކޫލް މެނޭޖްމެންޓާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

އެ ރަށުން މައުލުމާތު ދިން ބައެއް މީހުން މީޑިއާގައި ބުނެފައިވާ ގޮތުގައި ޓީޗަރުން ހިތްހަަމަ ނުޖެހިގެން އުޅެނީ ދަރިވަރުންގެ ފޮތްތައް ހަމަކޮށްދިނުން އަވަސް ކުރުމަށް މެނޭޖްމެންޓުން މަސައްކަތް ނުކުރުމާއި އިންތިޒާމްތައް ރަނގަޅު ނޫން ކަމަށް ބުނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް