އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފި އެވެ.
އދ.ގެ މައިމަރުކަޒު ހުންނަ ނިއުޔޯކަށް ވަޑައިގެން، ކެބިނެޓްގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ 76 ވަނަ އާއްމު މަޖްލިސް އަންނަ މަހުގެ 14 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެހެންވެ އޮމާންކަމާ އެކު މަގާމުގެ މަސްއޫލިއްޔަތު ބަދަލުކުރުމަށް ޓަކައި މެމްބަރު ގައުމުތަކާއި އދ.ގެ ސެކްރެޓޭރިއަޓާއި ކަމާ ގުޅޭ އެހެން ފަރާތްތަކާ އެކު ބައްދަލުވުންތައް ބާއްވަން ތައްުޔާރުވަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
https://twitter.com/abdulla_shahid/status/1431731253334654978
ޝާހިދު ނިއުޔޯކަށް ވަޑައިގަތީ ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރެއް ނިންމަވައިލެއްވުމަށް ފަހު އެވެ އޭނާ ޖަޕާނަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސޫގާއާ ބައްދަލުކުރެއްވި އެވެ.
ޝާހިދު ފާހަގަކުރެވެނީ ދިވެހިރާއްޖޭގައި މިހާ ތަނަށް އެންމެ އެކްޓިވްކޮށް އުޅުއްވާ ފޮރިން މިނިސްޓަރުގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް