ހއ. ދިއްދޫ ހޮސްޕިޓަލުގެ މެނޭޖަރާއި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުސްގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.
އެ ދެމީހުން ހައްޔރު ކުރީ އިއްޔެ ރޭ ބަދްއަހުލާގީ އަމަލު ހިންގަން ތިއްބަ ކަމަށްވެ އެވެ. ހައްޔަރު ކުރީ އެ ނަރުސް ދިރިއުޅޭ ގެއިންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ދެމީހުންގެ ބަންދަަށް ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އެކަމަކު ހައްޔަރުގައި ހުރީ ހޮސްޕިޓަލްގެ މެނޭޖަރު ކަމެއް ރަސްމީކޮށް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން އެ މައްސަލަ ތަހުގީގު ކުރަނީ ހއ. އަތޮޅު ހޮސްޕިޓަލުގެ ޒިންމާދާރު މަގާމެއްގައި ހުރި މީހަކު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ތަކަކަށް ބިރުދައްކައި ޖިންސީ ގޯނާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެންނެވެ. އެކަމާ ގުޅިގެން 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް