ބޮލީވުޑްގެ "ސްމައިލީ ކްއީން" ގެ ގޮތުގައި ފާހަގަކުރާ ޝްރައްދާ ކަޕޫރު ކައިވެނިކުރަން ތައްޔާރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެކްޓަރ ޝަކްތީ ކަޕޫރުގެ ދަރިފުޅު ޝްރައްދާއަކީ ރީތީގެ ގޮތުން ނަމޫނާ ތަރިއެކެވެ. ޚާއްސަކޮށް "އެފަރި ހިނިތުންވުމަކީ" ފިރިހެން ކުދިންގެ ހިތްތައް ފަތަހަ ކޮށްފައިވާ ހިނިތުންވުމެކެވެ.
ޝްރައްދާގެ ކައިވެންޏާއި ގުޅޭގޮތުން ޢާއިލާގެ ފަރާތުން މިވަގުތު ވާހަކަ ދައްކަން ބޭނުން ނުވިޔަސް، ޝްރައްދާގެ ކައިވެންޏަށް ޢާއިލާއިން އިންތިޒާރުގައި ތިބިކަން އަންނަނީ ފާޅުކުރަމުން ނެވެ.
ރިޕޯޓުތައް ބުނާގޮތުންނާއި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޮޓޯތަކުން ހާމަވާގޮތުގައި ޝްރައްދާ ކައިވެނިކުރަން އުޅެނީ ފޮޓޯފްރަފަރު ރޯހާން ޝްރެސްތާ އެވެ. އަދި އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
ޝްރައްދާ އާއި ރޯހަން ގެ ކައިވެނީގެ ވާހަކަތައް ފެންމަތިވަމުން އައިނަމަވެސް، ކައިވެނި ކުރާނެ ތާރީޚެއް އިނގޭނީ ފަހުން ދޯ އެވެ.
ކޮންމެއަކަސް އަހަރުމެން މިތިބީ އިންތިޒާރުގަ އެވެ. މިބުނީ ކައިވެނީގެ ތާރީޚު އިޢުލާނު ކުރާނެ ދުވަހަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް