އެމްޑީޕީއަށް އިސްތިއުނާފު ފަނޑިޔާރުން އިންތިޚާބުކުރުން އަންނަ ހޯމަދުވަހު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް އިސްތިއުނާފު ފަނޑިޔާރުން ހޮވުމަށް ބާއްވާ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިޚާބު އަންނަ ހަފްތާގެ ހޯމަ ދުވަހު ބޭއްވުމަށް އެ ޕާޓީނ...

29 Aug 2021 | 06:11

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް އިސްތިއުނާފު ފަނޑިޔާރުން ހޮވުމަށް ބާއްވާ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިޚާބު އަންނަ ހަފްތާގެ ހޯމަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

ރޭ އޮންލައިންކޮށް ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރީ އޮންލައިންކޮށް ވޯޓަށް އަހައި އެ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމަށެވެ. ނަމަވެސް ޖަލްސާގައި ވަނީ މި ވޯޓު ނެގުމާއިމެދު ބައެއް މެމްބަރުން ހުށަހެޅުން ތަކެއް ހުށަހަޅާފައެވެ. އެގޮތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އާއި، އައްޑޫ ދާއިރާގެ ރައީސް އަދުހަމް ވަނީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން ކަނޑައެޅުމުގެ ޖަލްސާއަށް މެމްބަރުން ހާޒިރުވާ ގޮތަށް ބޭއްވުމަށާއި ސިއްރު ވޯޓަކުން މެމްބަރުން އިންތިޚާބު ކުރުމަށް ހުށަހަޅުއްވާފައެވެ.

ވޯޓްލާ މަރުކަޒަށް ހާޒިރުވެ އިންތިޚާބު ކުރިއަށް ގެންދިއުމަށް ހުށައެޅި ހުށައެޅުމަށް 100 މެންބަރުން ވޯޓްދީފައިވެއެވެ. ނުފެންނަ ކަމަށް ވޯޓް ދިނީ 15 މެންބަރުންނެވެ. އިންތިޚާބުގެ ވޯޓް ސިއްރުން ކުރިއަށް ގެންދިއުމަށް 98 މެންބަރުން ތާއީދުކޮށް ވޯޓްދީފައިވެއެވެ. ސިއްރުކުރަން ނުފެންނަ ކަމަށް 19 މެންބަރުން ވަނީ ވޯޓްދީފައެވެ. އެ ވޯޓްގައި ބައިވެރިވީ 118 މެންބަރުންނެވެ.

ގައުމީ މަޖިލީހުން އެ ގޮތަށް ފާސް ކުރުމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ސިއްރު ވޯޓު ބޭއްވުމަށް މެމްބަރުން ހާޒިރުވާ ޖަލްސާއެއް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަވާނެ ކަމަށެވެ.

އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ދައުރުވެސް މިހާރު ހަމަވެފައިވާއިރު، ގައުމީ މަޖިލީހުގެ އިންތިޚާބު އަންނަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް