ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން ހެއްދެވި ގޮތުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ހިތްހަަމަ ނުޖެހިއްޖެ އެވެ.
ރޭ އޮތް ގައުމީ މަޖިލީހުގެ ޖަަލްސާއަށް އެޖެންޑާކޮށްފައި އޮތީ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމެވެ. އެކަމަކު ރޭ ވޯޓެއް ނަގައި ނިންމާފައިވަނީ މެމްބަރުން އެއް ތަނަކަށް ޖަމާަވެގެން ބާއްވާ ބައްދަލުވުމެއްގައި އެ ވޯޓު ނަގާށެވެ.
އެގޮތަށް ނިންމުމާއި އެކު ބައެއް މެމްބަރުން ވަނީ އޮންލައިންކޮށް ކުރިޔަށް ގެންދިޔަ އެ ބައްދަލުވުން ނިމުނީ ކަމަށް ބަލައި ޖަލްސާއިން ވަޑައިގެންފަ އެވެ. އެ މަސައްކަތް ނިމުމުން އެމްޑީޕީގެ "މެއި ހައެއް" ކޮމިޓީން ވަނީ ނަޝީދު މައްސަލައިގެ ތަަހުގީގާއި ގުޅޭ ފަހުގެ މައުލޫމާތު ދެއްވާފަ އެވެ.
އަދި އެކަމާއި ގުޅޭގޮތުން މެމްބަރުން ވާހަކަ ދެއްކެވި އިރު ގިނަ މެމްބަރުން ވަނީ ނަޝީދުު މައްސަލައިގެ ވާހަކަތައް ފެށެންވީއިރު ބައެއް މެމްބަރުން ޖަލްސާ ދޫކޮށްލެއްވުމުން ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފަ އެވެ.
ހިތް ހަމަނުޖެހުން ފާޅު ކުރެއްވި މެމްބަރުން ވިދާޅުވީ ނަޝީދަށް ދިން ހަމަލާއަކީ އާދައިގެ ކަމެއްގެ ގޮތުގައި ބައެއް މެންބަރުން ދެކެމުންދާ ކަމަށެވެ. އަދި ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ސަރުކާރުގެ ބައެއް ވެރިންގެ ފަރާތުން އެއްވެސް ސީރިއަސް ކަމެއް ނުފެންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް