މަސް ފެންގަނޑަށް ވެއްޓި ކުއްޖާ މަރުވި މައްސަލަ ފުލުހުންނާއި ޖެންޑާއިން ބަލަނީ

އދ. އޮމަދޫގައި ކުޑަކުއްޖަކު ފަސް ފެން ގަނޑަކަށް ވެއްޓި މަރުވި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ތަހުގީގު ކުރަން ފަށައިފި އެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 11 މަހުގެ ކުއްޖެކެވެ. އެ ކު...

29 Aug 2021 | 05:13

އދ. އޮމަދޫގައި ކުޑަކުއްޖަކު ފަސް ފެން ގަނޑަކަށް ވެއްޓި މަރުވި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ތަހުގީގު ކުރަން ފަށައިފި އެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 11 މަހުގެ ކުއްޖެކެވެ. އެ ކުއްޖާ މަސް ފެންގަނޑަަށް ވެއްޓިފައިި އޮއްވަ ފެނުނީ އެ ގޭ އެހެން ކުއްޖަކަށް ހަވީރު 3:30 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެ އިދާރާއިން ބަލަމުންދާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އެ ހާދިސާ އެ އަތޮޅުގައި ހުންނަ ޖެންޑާގެ އޮފީހުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަން ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ޖެންޑާއިންވެސް ބުންޏެވެ.

މިނިސްޓްރީން ބުނީ މިފަދަ ދަނޑިވަޅެއްގައި ހުރިހާ ފަރާތްތަކުން އާއިލާގެ ކަރާމާތަށް އިހުތިރާމް ކޮށްދިނުމަށް އެދޭ ކަމަށެވެ.

https://twitter.com/MoGFSSmv/status/1431660121541644291

އެ ކުއްޖާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ ކަމަށްވެ އެވެ. އެކަމަކު ކުއްޖާ މަރުވެފައިވާ ކަމަށް ކަނޑައެޅީ ސަލާމަތް ކުރެވޭތޯ ދެ ގަޑިއިރެއްހާއިރު މަސައްކަތް ކުރުމަށް ފަހު ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް