"ދަ އިންޓަވިއު" ގައި ކުޅެންޖެހުނު ގައިގޯޅި މަންޒަރުތަކުން ޖެކީ ޝްރޮފް ލަދުން ހަލާކުވި!

ބޮލީވުޑް ފިލްމުތަކުގެ ތެރެއިން "ދަ އިންޓަވިއު: ނައިޓް އޮފް 11/26" އަކީ ފާހަގަ ކޮށްލެވޭ ފިލްމަކަށް ވާނެ އެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ ކުރީގެ މަޝްހޫރު ބަތަލު ޖެކީ ޝްރޮފް އެވެ. ކުރީގެ މަޝްހޫރު ...

29 Aug 2021 | 04:37

ބޮލީވުޑް ފިލްމުތަކުގެ ތެރެއިން "ދަ އިންޓަވިއު: ނައިޓް އޮފް 11/26" އަކީ ފާހަގަ ކޮށްލެވޭ ފިލްމަކަށް ވާނެ އެވެ.

ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ ކުރީގެ މަޝްހޫރު ބަތަލު ޖެކީ ޝްރޮފް އެވެ. ކުރީގެ މަޝްހޫރު ފިލްމަކުން ފެނިގެން ގޮސްފައިވާ ޖެކީގެ މި ފިލްމަކީ މި ފަހުން އޭނާ ލީޑް ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.

ފިލްމުގައި އޭނާ ކުޅެފައިވަނީ ނުރައްކާތެރި ތަންތަނަށް ގޮސް މަސައްކަތް ކުރާ އަދި ކުޅަދާނަ، ކެރޭ ނޫސްވެރިއެއްގެ ރޯލެވެ. ޖެކީ އާއި އެކު ލީޑް އެކްޓްރެސްގެ ގޮތުގައި ފިލްމު "ދަ އިންޓަވިއު: ނައިޓް އޮފް 11/26" އިން ފެނިގެން ދަނީ އަންޖުމް ނަޔަރެވެ.

ފިލްމުގައި އަންޖުމް އަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާއެކެވެ. މި ފިލްމުގެ ފެނިގެން ދަނީ އަންޖުމްގެ އިންޓަވިއު އެއް ނެގުމަށް ޖެކީއަށް މަޖުބޫރުވެގެން ކޮޓަރިއަކަށް ދާ ރެއެއްގައި ކަންތައް ވެގެންދާގޮތެވެ. އަދި އެ އިންޓަވިއު ދޭން އަންޖުމް އެއްބަސްވަނީ ބަޔަކާއި ޑީލް ހަދައި ފައިސާއަށެވެ.

އެ ރެއާއި ގުޅުވައިގެން މުޅި ފިލްމު ކުރިޔަށް ގެންދާއިރު ފިލްމުގައި ޖެކީ އާއި އަންޖުމްގެ ވަރަށް ގައިގޯޅި މަންޒަރުތަކެއް ފެނެ އެވެ. އެ މަންޒަރުތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ޖެކީ ބުނީ އެ މަންޒަރުތައް ނެގީ ވަރަށް ލަދުން ހުރެ ކަމަށެވެ.

ޖެކީ ބުނެފައިވާ ގޮތުގައި ޑައިރެކްޓަރާއި ފިލްމުގެ ކްރޫ އާއި މުޅި ދުނިޔެ އެ މަންޒަރުތައް ބަލާނެ ކަން އެނގުމުން އެހާ ގައިގޯޅި މަންޒަރު ކުޅެން ވަރަށް ލަދުގަތް ކަމަށެވެ. އެކަމަކު އެއީ އޭނާ އަދާ ކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތް ކަމުން އެކަން ކުރުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ދެކިގެން އެ މަންޒަރުތައް ކުޅުނީ ކަމަށް ޖެކީ ބުނެފައިވެ އެވެ.

ފިލްމު "ދަ އިންޓަވިއު: ނައިޓް އޮފް 11/26" އަކީ ނެދަލެންޑްސްގެ މަޝްހޫރު ފިލްމެއްގެ ހިންދީ ރިމޭކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް