ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ކިންގް ގެ މަގާމު ސުޖާއު، ކްއީންގެ މަގާމު މާޒިނާ އަށް!

ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021 ގެ ފުޓްސަލް ކިންގް ގެ މަގާމު ފެލްކަން ޔުނައިޓެޑުގެ ޖާރޒީ ނަމްބަރު 23 ސުޖާއު ހުސައިން އަދި ފުޓްސަލް ކްއީންގެ މަގާމު އެޗްއެސްއާރްސީ ބްލޫ ފްލޭމްސް ގެ ޖާރޒީ ނަމްބަރު 11 ފ...

29 Aug 2021 | 04:23

ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021 ގެ ފުޓްސަލް ކިންގް ގެ މަގާމު ފެލްކަން ޔުނައިޓެޑުގެ ޖާރޒީ ނަމްބަރު 23 ސުޖާއު ހުސައިން އަދި ފުޓްސަލް ކްއީންގެ މަގާމު އެޗްއެސްއާރްސީ ބްލޫ ފްލޭމްސް ގެ ޖާރޒީ ނަމްބަރު 11 ފާތިމަތު މާޒިނާ ހޯދައިފި އެވެ.

މިއަހަރުގެ ފިއެސްޓާގެ ފިރިހެން ބައިގެ ބެސްޓް ފައިވް ޕްލޭޔަރސް އަށް ހޮވުނީ ކިންގްސް ޔުނައިޓެޑުގެ ސާމިހު އަލީ ޝަރީފް އާއި އީމާން އިލްޔާސް އާއި ފެލްކަން ޔުނައިޓެޑުގެ ސުޖާއު ހުސައިން އާއި ހުސައިން ނާސިފް އަދި ހަސަން ނާސިކް އެވެ. މިބައިގެ ބެސްޓް ގޯލް ކީޕަރަކަށް ހޮވުނީ ފެލްކަން ޔުނައިޓެޑުގެ މުހައްމަދު ރަޝްވާން އެވެ.

އަންހެން ބައިގެ ބެސްޓް ފައިވް ޕްލޭޔަރސް އަކީ އެޗްއެސްއާރްސީ ބްލޫ ފްލޭމްސް ގެ ފާތިމަތު މާޒިނާ، ލީނާ އައްބާސް އަދި އެޗްއެސްއާރްސީ ބްލޫ ބަޓަރފްލައިސްގެ ފާތިމަތު މާހާ އާއި ޑޮޔެންސްގެ އިނާޝާ އަބްދުއްސަމަދު އަދި ޗަނބޭލީ ރަނިންގެ މަރިޔަމް ޝައުފާ އެވެ. މިބައިގެ ބެސްޓް ގޯލްކީޕަރަކަށް ހޮވުނީ އެޗްއެސްއާރްސީ ބްލޫ ބަޓަރފްލައިސްގެ ސަޖުވާ އިބްރާހިމް ރަޝީދެވެ.

މިއަހަރުގެ ފިއެސްޓާގެ ފިރިހެން ބައިން އެންމެގިނަ ގޯލު ޖެހި ކުޅުންތެރިއަކީ 13 ގޯލު ޖަހައިގެން ކިންގްސް ޔުނައިޓެޑުގެ ސާމިހު އަލީ ޝަރީފެވެ. އަންހެން ބައިން އެންމެ ގިނަ ގޯލު ޖެހީ އެޗްއެސްއާރްސީ ބްލޫ ފްލޭމްސްގެ ފާތިމަތު މާޒިނާ އެވެ. އޭނާ ވަނީ 11 ގޯލު ޖަހާފަ އެވެ.

މި ފިއެސްޓާގެ ފިރިހެން ބައިގެ ފެއާރޕްލޭ ޓީމަކަށް ކިންގްސް ޔުނައިޓެޑު ހޮވުނު އިރު، އަންހެން ބައިގެ ފެއާރޕްލޭ ޓީމަކީ ޑޮޔެންސް އެވެ. ފިރިހެން ރަނަރ-އަޕް ޓީމަކީ ކިންގްސް ޔުނައިޓެޑެވެ. އަދި އަންހެން ރަނަރ-އަޕް ޓީމަކީ އެޗްއެސްއާރްސީ ބްލޫ ފްލޭމްސް އެވެ.

މި ފިއެސްޓާގައި އަންހެން އަދި ފިރިހެން 5 ޓީމު މިއަހަރު ބައިވެރިވެފައިވާ އިރު، މިއިން ކޮންމެ ޓީމެއްގައި ވެސް ހިމެނުނު ކުޅުންތެރިންނަކީ ހުނަރުވެރި މޮޅު ކުޅުންތެރިން ނެވެ. މިއަހަރުގެ ފިއެސްޓާ ބާއްވާފައިވަނީ މި މަހުގެ 15 އިން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެރަށު ކައުންސިލު އިދާރާ އިން އިންތިޒާމުކޮށްގެން ބޭއްވި މި ފިއެސްޓާ ވެގެންގޮސްފައިވަނީ ކުޅިވަރުގެ 'ބޮޑު ޢީދަ"ކަށެވެ. ކޮންމެ މެޗެއް ބެލުމަށް ވެސް ރަށުގެ "ފައި އިނދޭ ފުރައިން" ދަނޑަށް ހާޒިރުވެފައިވާ އިރު، މިއީ ރަށުގެ ރައްޔިތުންގެ ހިތުގައިި ކުޅިވަރަށް އޮތް ލޯބި ހާމަކޮށްދިން އަލިގަދަ ރަމްޒެކެވެ.

މިއަހަރުގެ މުބާރާތަުގެ އޮންލައިން މީޑިއާ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ދުވަސްއެމްވީ އެވެ. އަދި ޓްރެވެލިންގ ޕާޓްނަރއަކަށް ފްލައިމީ ހަމަޖައްސާފައިވާ އިރު، ޕްރިންޓިންގ ޕާޓްނަރއަކީ އެންޕްލަސް އެވެ.

މުބާރާތް ލައިވް ކުރުމަށް ޓެލެކޮމް ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ އުރީދޫ މޯލްޑިވްސް އެވެ.

މުބާރާތުގެ ހުރިހާ މެޗެއް ވެސް "ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021" އެފްބީ ޕޭޖުން ލައިވް ކޮށްފައިވާ އިރު، ފައިނަލް މެޗުތައް ވަނީ ވީޓީވީ އިން ވަގުތުން ދައްކާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް