ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ފިރިހެން މީހާ މަރުވެއްޖެ އެވެ.
ޕޯޓެ ރިކޯގެ ކެރޮލީނާއަށް އުފަން އެމިލިއޯ ފްލޯރެސް މާކްއެޒް މަރުވީ އުމުރުން 113 އަހަރުގައި މިމަހުގެ 12 ވަނަ ދުވަހު އެވެ. އެމީހާ މަރުވިކަން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ރަސްމީކޮށް ހާމަކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާގެ ރެކޯޑު ގިނިސްބުކް އޮފް ވޯލްޑް ރެކޯޑުން އޭނާއަށް ދިނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. މިމަހުގެ އަށް ވަނަ ދުވަހު 113 އަހަރު ފުރުނު އެމިލިއޯ އުފަންވެފައިވަނީ 1908 ވަނަ އަހަރު އެވެ.
އެމިލިއޯގެ އަންހެނުން މަރުވީ ކައިވެންޏަށް 75 އަހަރު ފަހުން 2010 ގަ އެވެ. އެ ދެ މީހުންނަށް ހަތަރު ދަރިން ލިބުނެވެ. އޭގެ ތެރެއިން ދުނިޔޭގައި މިހާރު ތިބީ ދެ ކުދިންނެވެ.
އެމިލިއޯ މަރުވި އިރު ދިރިއުޅުނީ އެ ދެ ކުދިންނާ އެކީގަ އެވެ. އޭނާ މަރުވި އިރު ފަސް ކާފަދަރިންނާއި ފަސް މުނިކާފަ ދަރިން އެބަ ތިއްބެވެ.
އޭނާ އަކީ އާއިލާގެ 11 މެމްބަރުންގެ ތެރެއިން އެންމެ ދޮށީ މީހާ އެވެ. އެމިލިއޯ ކިޔައިދީފައިވާ ގޮތުގައި މަންމަ އާއި ބައްޕަގެ އެންމެ ދޮށީ ކުއްޖާ އަށް ވުމުން އަބަދު ވެސް އުޅުނީ ވަރަށް ހަރަކާތެރި ދިރިއުޅުމެކެވެ.
އަދި އޭނާގެ ދިގު އުމުރުގުެ ސިއްރަކީ ކުޑައިރުން ފެށިގެން ހަރަކާތްތެރިކޮށް އުޅުމާއި އުފާވެރިކަމާއި އަދި ރުޅިމަޑު ދިރިއުޅުމެއް އުޅުމެވެ އެމިލިއޯ ބުނީ ބައްޕަގެ ފަރާތުން އަބަދުވެސް ދަސްވެފައިވަނީ މީހުން އަޅާލައި އޯގާތެރިކޮށް ހިތައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެންމެ ޒުވާން ދުވަސްވަރު އެމިލިއޯ ކުރި މަސައްކަތަކީ އާއިލާގެ މީހުންނާއި އެކު އުއްދަނޑި ހެއްދުމެވެ. އެ ހައްދައިގެން އެމިލިއޯގެ އާއިލާ ހަކުރު އުފައްދައި އޭގެ ވިޔަފާރި ވަރަށް ފުޅާކޮށް ކުރިން ހިންގި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް