ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އާއި ގުޅުން ހުރި މައްސަލައެއް ފުލުހުން ބަލަމުން ގެންދާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުން ބަލަމުން ގެންދަނީ، 2023 ވަނަ އަހަރު ތެރޭގައި ޑރ.އައިޝަތު އަލީ ބޭނުން ކުރަމުން އައި ރަސްމީ އީމެއިލްގައިވާ ހުރިހާ މެއިލްތަކެއް ޑިލިޓްކޮށްލާފައިވާ މައްސަލައެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މި މަހު25 ވަނަ ދުވަހު އެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި ޑރ. އައިޝަތު އަލީ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި، ކުރީގެ އެޑިއުކޭޝަން އީމެއިލްއަާށް މީހަކު ސައިން އިން ވާން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.
އެ ޕޯސްޓުގައި ވަނީ، މިއަދު13:15 ހާއިރު2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު17 ވަނަ ދުވަހު ޑިއެކްޓިވޭޓް ކޮށްލާފައިވާ އެ މެއިލްއަކަށް ވަނުމަށް މީހަކު މަސައްކަތް ކުރަމުން ދާ ކަމަށެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ، އެ އީމެއިލްއިން އެއްވެސް މެއިލްއެއް ލިބިއްޖެ ނަމަ އެއީ އޭނާ ނޫން ކަމަށެވެ.
ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދީފައިވަނީ މިއަދު ހަވީރު5 ޖަހާކަން ހާއިރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް