އިންޑިއާގެ ތިން ސިޓީއެއްގައި ރާއްޖެ އިސްތިހާރުކުރުމަށް "ވެލްކަމް އިންޑިިއާ" ގެ ނަމުގައި ރޯޑް ޝޯއެއް

އިންޑިއާގެ ފަތުރުވެރިން އިތުރުކުރުމަށް އެ ގައުމުގެ ތިން ސިޓީއެއްގައި "ވެލްކަމް އިންޑިއާ" ގެ ނަމުގައި ރޯޑް ޝޯތަކެއް ބޭއްވުމަށް އެމްއެމްޕީއާރްސީން ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަ...

29 Jul 2024 | 10:37

އިންޑިއާގެ ފަތުރުވެރިން އިތުރުކުރުމަށް އެ ގައުމުގެ ތިން ސިޓީއެއްގައި "ވެލްކަމް އިންޑިއާ" ގެ ނަމުގައި ރޯޑް ޝޯތަކެއް ބޭއްވުމަށް އެމްއެމްޕީއާރްސީން ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖޭންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓޯޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓުހައުސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެން ކުރިއަށް ގެންދާ އެ ރޯޑްޝޯގައި ޓޫރިޒަމް މިނިސްޓަރ، އިބްރާހިމް ފައިސަލްވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ރޯޑްޝޯ ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށް އިންޑިއާގެ ނިއުދިއްލީ ސިޓީ އާއި މުމްބައި ސިޓީ އަދި ބެންގަލޫރުގައެވެ. އެ ރޯޑްޝޯގެ ސަބަބުން ދެގައުމުގެ ދެމެދުގައި ވާ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ގުޅުން ވަރުގަދަވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.

އިންޑިއާގައި ކުރިއަށް ގެންދާ އެ ރޯޑް ޝޯގައި ރާއްޖޭގެ ގޮނޑުދޮށްތަކާއި ރިސޯޓުތަކުގެ އިތުރުން ގެސްޓުހައުސްތަކާއި ސަގާފީ ތާރީހު ޕްރޮމޯޓު ކުރުމަށް ނިންމާފައިވާކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.

އެ ރޯޑް ޝޯ ކުރިއަށް ގެންދާނީ، ވިޔަފާރީ ސްޕޮންސާއާއި އެކުގައެވެ.

އިންޑިއާއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިންނެއް ޒިޔާރަތް ކުރާ ގައުމެކެވެ. އެހެން ނަމަވެސް މި އަހަރުވަނީ އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވެފައެވެ.

އިންޑިއާއިން ފަތުރުވެރިން ރާއްޖެއައުން މަދުވީ ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީއަށް ކުޑަމީސްކޮށް ފުރައްސާރަކުރި މައްސަލަ ފެންމަތިވުމާއި ގުޅިގެންނެވެ.

އެކަމުގެ ސަބަބުން ދެ ގައުމުގެ މަސްލަހަތުު ގެއްލި، އިންޑިއާގެ ބައެއް ޓްރެވަލް އެޖެންސީތަކުން ވަނީ ރާއްޖެ ބްލެކް ލިސްޓުވެސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް