އެމްއެމްއޭގެ ގަވަނަރަކަށް މުނައްވަރު އައްޔަންކުރަން ކޮމިޓީން ރުހުން ދީފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު މުނައްވަރު އައްޔަން ކުރުމަށް ރައްުޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައފިއެވެ. ...

29 Jul 2024 | 09:53

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު މުނައްވަރު އައްޔަން ކުރުމަށް ރައްުޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައފިއެވެ.

މި މަހު22 ވަނަ ދުވަހު ގަވަރުނަރުގެ މަގާމުން އަލީ ޙާޝިމް ވަކިކުރައްވައި އެ މަގާމަށް މުނައްވަރު އައްޔަންކުރަން މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވަނީ މި މަހު23 ވަނަ ދުވަހު އެވެ.

މާލިއްޔަތު ކޮމިޓީން މުނައްވަރަށް ރުހުން ދީފައިވަނީ މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި މުނައްވަރާއި އިންޓަވިއު ކުރުމަށް ފަހުއެެވެ. ކޮމިޓީގެ މެންބަރުން މުނައްވަރަށް ދިނީީ އެވަރޭޖްކޮށް97 ޕަސަންޓެވެ.

މުނައްވަރު ވަނީ މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް