ވައިގެމަގުން ރާއްޖެ އެތެރެކުރި 15.38 ކިލޯގެ ކެނަބިސް އަތުލައިގެންފި، މަގުމަތީ އަގު 12 މިލިޔަނަށް އަރާ

ވައިގެމަގުން ރާއްޖެ އެތެރެކުރި 15.38 ކިލޯގެ ކެނަބިސް އަތުލައިގެންފައިވާކަމަށް ދިވެހި ފުލުހުންނާއި ކަސްޓަމްސް އިން މިއަދު ބުނެފިއެވެ. ދެ އިދާރާއިން މިހެން ބުނެފައިވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގ...

29 Jul 2024 | 05:30

ވައިގެމަގުން ރާއްޖެ އެތެރެކުރި 15.38 ކިލޯގެ ކެނަބިސް އަތުލައިގެންފައިވާކަމަށް ދިވެހި ފުލުހުންނާއި ކަސްޓަމްސް އިން މިއަދު ބުނެފިއެވެ.

ދެ އިދާރާއިން މިހެން ބުނެފައިވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި ފާހަގަކޮށްފައިވާގޮތުގައި މަސްތުވާތަކެތިގެ އެ ތަކެއްޗަކީ މިދިޔަ ހޮނިހިރު ދުވަހު ހެނދުނު އީކޭ ފްލައިޓް 656 އިން ރާއްޖެ އައި މެލޭޝިޔާގެ ރައްޔިތަކު އެތެރެކުރި މަސްތުވާތަކެއްޗެވެ.

15.38 ކިލޯގެ މި މަސްތުވާތަކެތީގެ މަގުމަތީގެ އަގު 12.3 މިލިޔަން ރުފިޔާއަށް އަރާނެ ކަމުގައި ކަސްޓަމްސް އިން މިއަދު ބުންޏެވެ.

ކަސްޓަމްސް އާއި ފުލުހުން ބުނީ މިކަމާއި ގުޅިގެން މެލޭޝިޔާގެ ދެ ރައްޔިތަކު ހައްޔަރުކޮށްފައިވާއިރު އެކަކީ މިތަކެތި އެތެރެކުރި، އުމުރުން 44 އަހަރުގެ މީހެއް ކަމަށާއި އަދި ދެވަނަ ފަރާތަކީ ހަމަ މެލޭޝިޔާއަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ކަމުގައި ހަތަރު ގައުމެއްގެ ރައްޔިތުން ބައިވެރިވާކަމުގައި ބެލެވޭއިރު އިތުރު ބަޔަކު ދެނެގަނެވިފައިވާކަމުގައިވެސް ފުލުހުންނާއި ކަސްޓަމްސް އިން މިއަދު ހާމަކުރިއެވެ. އަދި މިއީ ވައިގެމަގުން މިހާތަނަށް ރާއްޖެ އެތެރެކުރި އެންމެ ގިނަ މަސްތުވާތަކެތި ކަމާއި އަދި މި އަހަރު ރާއްޖެ އެތެރެކުރި، އަތުލައިގަނެވުނު އެންމެ ގިނަ މަސްތުވާތަކެތިކަން ކަސްޓަމްސް އިން ފާހަގަކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް