ރާއްޖޭގެ ފަތުރުވެރިކަން އިންޑިޔާގައި އިތުރަށް ޕްރޮމޯޓް ކުރުމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިއަދު އިންޑިއާއަށް ވަޑައިގަންނަވާނެކަމުގައި އިންޑިއާ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.
އެގޮތުން އިންޑިޔާގެ ބޮޑެތި މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ފައިސަލްގެ މި ދަތުރުފުޅަކީ "ވެލްކަމް އިންޑިއާ" ކެމްޕޭނުގެ ދަށުން އިންޑިއާގައި ބައެއް ބޮޑެތި ސަރަހައްދުތަކުގައި ރޯޑް ޝޯތަކެއް ކުރިއަށްގެންދިއުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މާދަމާ ނިއުދިއްލީގައި އަނެއް ދުވަހު މުމްބާއީގައި އަދި އަންނަ މަހުގެ ތިންވަނަ ދުވަހު ބެންގަލޫރުގައި ރޯޑް ޝޯތަކެއް ކުރިއަށްގެންދަން ނިންމާފައިވާކަމުގައި ރިޕޯޓުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް