7 ވަނަ އިންޓަރ ސްކޫލް ކިޑްސް ސްވިމިންގ ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް އަދި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ހުޅުމާލެ، އިންޑޯ ސްވިމިންގ ޕޫލްގައި ކުރިޔަށް ގެންދިޔަ 7 ވަނަ އިންޓަރ ސްކޫލް ސްވިމިންގ ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައި...

29 Jul 2024 | 04:45

ބޭންކް އޮފް މޯލްޑިވްސް އަދި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ހުޅުމާލެ، އިންޑޯ ސްވިމިންގ ޕޫލްގައި ކުރިޔަށް ގެންދިޔަ 7 ވަނަ އިންޓަރ ސްކޫލް ސްވިމިންގ ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހަ ދުވަހަށް ކުރިޔަށްދިޔަ މި ފެސްޓިވަލް ގައި  23 ސްކޫލަކުން ހުނަރުވެރި 485 ފެތުންތެރިން އެ ދަރިވަރުންގެ ފެތުމުގެ ހުނަރު ދައްކާލުމަށް ބައިވެރިވެފައިވެއެވެ.

އުމުރުން 6 އަހަރާއި 10 އަހަރުގެ އުމުރުފުރާގެ ބައިވެރިން ވާދަކުރީ ފްރީސްޓައިލް، ފްލައި، ބެކްސްޓޯރޯކް ، ބްރެސްޓްސްޓްރޯކް އަދި އިންޑިވިޖުއަލް މެޑްލީ ރޭސް ފަދަ ތަފާތު އިވެންޓްތަކުގަ އެވެ. މި ފެސްޓިވަލްގެ މަގުސަދަކީ ކުޅިވަރުގައި ޒުވާނުންގެ ކުރިއެރުން ފާހަގަކޮށް، ޒުވާން އެތުލީޓުންނަށް ކުޅިވަރުގެ ފުރިހަމަ ގާބިލްކަން ހާސިލް ކުރުމަށް ބާރުއެޅުމެވެ.

މި ފެސްޓިވަލް ގެ ކްލޯސިންގ ސެރެމަނީ އިއްޔެ ބާއްވާ ވަނަވަނަ ހާސިލްކުރި ދަރިވަރުންނަށް ވަނީ މެޑަލް ހާވާލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް