މާލޭގައި އަލިފާނުގެ ހާދިސާއެއް

މާލޭގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެ ހާދިސާ ކޮންޓްރޯލުކުރުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފް އިން ބުނެފައިވަނީ މ.އޯކިޑްޕްލާޒާގޭގައި (މީހުން ދިރިނޫޅޭ)، ޖަމާކޮށްފައި ހުރި ކުނިތަކ...

29 Jul 2024 | 04:25

މާލޭގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެ ހާދިސާ ކޮންޓްރޯލުކުރުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފް އިން ބުނެފައިވަނީ މ.އޯކިޑްޕްލާޒާގޭގައި (މީހުން ދިރިނޫޅޭ)، ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ނިއްވާލާފައިވާކަމަށެވެ.

"މި ހާދިސާގެ މަޢުލޫމާތު، މިރޭ ފަތިހު 03:31 ހާއިރު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ހަރަކާތްތެރިވި، އަދި އެ ސަރަހައްދަށް ގޮސް ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިރޭ ފަތިހު 04:49 ހާއިރު" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް