ރޭ ނޭރުވި ހަވާ މިރޭ އަރުވާނެ

މިނިވަން ދުވަހާއި ގުޅުވައި ރޭގައި އަރުވަން އުޅެ ފަހަށް ފަސްކުރި ހަވާ މިރޭ އަރުވާނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ރޭގައި އަރުވަން އޮތް ހަވާ ފަސްކުރީ މިހާރު މާލޭގައި ފެތުރެމުން އަންނަ ހޮޑު ރޯގަލާއި...

29 Jul 2023 | 09:21

މިނިވަން ދުވަހާއި ގުޅުވައި ރޭގައި އަރުވަން އުޅެ ފަހަށް ފަސްކުރި ހަވާ މިރޭ އަރުވާނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރޭގައި އަރުވަން އޮތް ހަވާ ފަސްކުރީ މިހާރު މާލޭގައި ފެތުރެމުން އަންނަ ހޮޑު ރޯގަލާއި ގުޅިގެންނެވެ.

ދެންމެ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވަނީ 58 ވަނަ މިނިވަން ދުވަހާއި ގުޅިގެން މިރޭ 21:30 ހާއިރު ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވާ އެރުވުން އޮންނާނެ ކަމަށާއި މި ހަރަކާތް ކުރިއަށް ދާނީ ގާތްގަނޑަކަށް 8 މިނެޓެއްހާއިރަށް ކަމަށެވެ.

ރޭގައި ނޭރުވި ހަވާ މިރެއަށް ތާވަލުކޮށްފައިވާއިރު ހޮޑު ރޯގަލާއި ގުޅިގެން ފަސްކުރި ކާނިވަލާއި ފުޅަނދުބުރުވެސް މިއަދާއި މިރޭ ހުޅުމާލޭގައި ބާއްވާނެކަން އިއުލާނުކޮށްފައިވެއެވެ.

https://twitter.com/MNDF_Official/status/1685212277602156544

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް