މިނިވަން ދުވަހާއި ގުޅިގެން މިނިވަން އުފާ ފާހަގަކުރުމަށް ފުޅަނދުތައް ދައްކާލުން މިއަދު ހަވީރުގެ ވަގުތެއްގައި އަދި ކާނިވާ މިރޭ އޮންނާނެ ކަމަށް ހޯމް މިނިސްޓްރީ އިންބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު ހޯމް މިނިސްޓްރީ އިން ކޮށްފައިވާ ޓްވީޓެއްގައިއެވެ.
ހޯމް މިނިސްޓްރީ އިން ބުނީ ފުޅަދުތައް ދައްކާލުން މިއަދު ހަވީރު 4:30-6:00 އަށް ސެންޓްރަލް ޕާރކްގައި އޮންނާނެ ކަމެވެ. އަދި ކާނިވާ ބޭއއްވިގެން ދާނީ މިރޭ08:00 ގައި ކަމަށްވެސް ބުނެފައިވެއެވެ.
https://twitter.com/homeministrymv/status/1685205823914655744?s=46
އިއްޔެ ބާއްވަން އުޅުނު މި ހަރަކާތްތައް ފަސްކުރީ މިހާރު މާލޭގައި ފެތުރެމުން އަންނަ ރޯގާއާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެ ހަރަކާތްތައް ފަސްކުރަން އެދުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް