ރިޔާސީ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ޏ. ފުވައްމުލަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ދަތުރުފުޅޫ މާދަމާއަށް ފަސްކޮށްފިއެވެ.
މާދަމާ ރައީސް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ އެނބުރި މާލެ ވަޑައިގަންނަވާނެއެވެ.
ރައީސްގެ ދަތުރުފުޅު ފަސް ކުރެއްވި ވަކި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވި ނަމަވެސް، މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަން ފާހަގަ ކުރެވެއެވެ. އަދި މާލޭގައި ހޮޑުލުމާއި ހުުމުގެ ރޯގާއެއް ވަނީ ވރަަށް ބޮޑަށް ފެތުރިފައެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަސް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓް، ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިން ފައްޓަވާފައި ވަނީ މި މަހުގެ ކުރީކޮޅު ށ. އަތޮޅުންނެވެ.
އެގޮތުން ކޮމަންޑޫއިން ފެއްޓެވި ކެމްޕޭންގައި އެ އަތޮޅު ފޯކައިދޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގެންނެވިއެވެ.
އޭގެ ފަހުން ކ. އަތޮޅުގެ ކ. ގުޅި، ގުރައިދޫ އަދި މާފުއްޓަށާއި މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކުގެ އިތުރުން ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގެންނެވިއެވެ.
އެންމެ ފަހުން އެމަނިކުފާނު ކެމްޕޭނަށް ވަޑައިގެންނެވީ ހއ. އަތޮޅުގެ10 ރަށަކަށެވެ. އެއީ ހޯރަފުށި، ތުރާކުނު، އުލިގަމު، މޮޅަދޫ، އިހަވަންދޫ، މާރަންދޫ، ތަކަންދޫ، ކެލާ، ވަށަފަރު އަދި ދިއްދުއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް