ނާޒިރު ޝިހާމް (ކާއްޓޭ)ގެ އަލަތު ފިލްމު 'ވަނާޖުބޭސާ' ބައިސްކޯފު އެޕްލިކޭޝަންއިން ދައްކަން ފަަށައިފިއެވެ.
އޭޕްރީލް މަހުގެ ފަހުކޮޅު ޕްރިމިއަރ ކުރި މި ފިލްމަކީ ވިޝާލް ޒަކީ (ވިއްޓެ) ޑައިރެކްޓްކޮށް ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ.
ޖުމުލަ1:45 މިނިޓްގެ މި ފިލްމުން ކާއްޓޭގެ އިތުރުން ލީޑު ރޯރުން ފެނިގެން ދާނީ ކޮމީޑިއަން ހުސައިން ޝާދިު (މަޓޭ)އެވެ. އަދި ހާދަރު ފިލްމުން ބެލުންވެރިންގެ މެދުގައި މަޝްހޫރުކަން ހޯދި މުހައްމަދު ސައީދު (ނިޔައްޓޭ) ވެސް މި ފިލްމުން ފެނިގެން ދާނެ އެވެ.
ފިލްމުގައި ދެން ހިމެނޭ ތަރިނނަކީ މުހައްމަދު ސައީދު، އައިޝަތު ރިޝްމާ، އަހުމަދު ޝަކީބު، އައިޝަތު ޝިރާނީ، ޖަލްވާން މުހައްމަދު އަދި ހަދީޖާ އަލީއެވެ.
މި ފިލްމު ޝޫޓް ކޮށްފައި ވަނީ ފ. ނިލަންދޫއާއި ފީއަލީގައެވެ.
ފިލްމު ޕްރިމިއަރ ކުރުމަށްފަހު މާލޭގައާއި ބައެއް ރަށްރަށުގައިވެސް އަޅުވާފައިވެއެވެ. އަދި ގިނަ ބައެއްގެ ތަރުހީބު މި ފިމްލަށް ވަނީ ލިބިފައެވެ.
އެގޮތުން އޮލިމްޕަހުގައި ފިލްމުގެ ފަސް ޝޯ އެޅުމުވަށްފަހު ފ، ނިލަންދޫއާއި ނ. ކެނދިކުޅުދޫގެ އިތުރުން ބ. ދޮންފަނުގައިވެސް ފިލްމު އަޅުވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް