ރައީސް ނަޝީދު އެ ވިދާޅުވާފަދަ ކަމެއް ހިނގާފައިނުވާކަމުގެ ޔަގީންކަން ރައީސް ސޯލިހް ދެއްވާ: ތަރުޖަމާނު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މަންޒަރު ފެންނަ ފޮޓޯތަކެއް ރައީސް ނަޝީދަށް ލިބިލައްވާފައިވާކަމަށް ވިދާޅުވެފައިވާއިރު އެކަހަލަ ކަމެއް ހިނގާފައިނުވާނެކަމު...

29 Jul 2022 | 17:33

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މަންޒަރު ފެންނަ ފޮޓޯތަކެއް ރައީސް ނަޝީދަށް ލިބިލައްވާފައިވާކަމަށް ވިދާޅުވެފައިވާއިރު އެކަހަލަ ކަމެއް ހިނގާފައިނުވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކައެއް ކަމަށާއި އެފަދަ ކަމެއް ނޫޅޭނެކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށެވެ.

އެފަދަ ފޮޓޯތަކެއް ލިބިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަަޅަކީ ބަނގްލަދޭޝް ފިރިހެނަކާއެކު، ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރުކޮށް ތަހުގީގު ފަށާފައިވާ ދަނޑިވަޅެވެ. ނާޒިމް ހައްޔަރު ކުރުމުން ރައީސް ނަޝީދު ހުންނެވީ ވަރަށް ކޯފާވެފައިކަން ރޭގައިވެސް ރައީސް ނަޝީދު ހާމަކުރެއްވިއެވެ.

އެގޮތުން ނާޒިމް ސައްތާރު ހައްޔަރުކުރުމުން ރައީސް ނަޝީދު ރޭގައި ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެއީ ސިޔާސީ ހައްޔަރެއް ކަމަށާއި އެކަން ސަރުކާރުން ކުރީ ކޯލީޝަނުގައި ތިބި ހައްދުފަހަނައަޅާފައިވާ ފަރާތްތައް ރުއްސަން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް