ރައީސް ސޯލިހް އަންހެނަކާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރުފެންނަ ފޮޓޯތަކެއް ލިބިއްޖެ: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންހެނަކާއި އެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދު މިހެ...

29 Jul 2022 | 16:33

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންހެނަކާއި އެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު އެމްޑިޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް ފޮނުވި މެސެޖުތަކެއްގައި އެވެ. މި މެސެޖު ފޮނުއްވީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޮ ނާޒިމް އަބްދުއް ސައްތާރު ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެން ނުރުހުން ފާޅު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކެއްގައި އެވެ.

ނަޝީދު ވިދާޅުވީ ރައީސް ސޯލިޙްގެ އަރިހުގައި އެމަނިކުފާނު އައްސަވަން ބޭނުންފުޅުވަނީ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށްފައި ނާޒިމް އެކަނި ހައްޔަރު ކުރީ ކީއްވެތޯ ކަމަށެވެ. އަދި ރައީސް ސޯލިހްގެ ބަދު އަހުލާގީ އަމަލު ހިންގާ ފޮޓޯތައް ޕޮލިސްގައި ފޮރުވީތޯ ސުވާލު ކުރެއްވިއެވެ.

ނަޝީދުގެ މި ތުހުމަތާއި ގުޅިގެން ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ސޯލިހް އަންހެން ކުއްޖަކާއި ބަދުއަހްލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް ލިބުނީ މިއަދު އިނގިރޭސިވިލާތަށް ވަޑައިގެންނެވިތަނާހެން ކަމަށެވެ. ފޮޓޯ އިން ފެންނަ އަންހެން ކުއްޖަކީ އާއިލީ ރަހުމަތްތެރިއެއްގެ ދަރިއެއް ކަމަށް ބެލެވޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނާޒިމްގެ ދިފާއުގައި ނަޝީދު ވާހަކަފުޅުދައްކަވާތީ އެމަނިކުފާނު ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ. ގިނަ ބަޔަކު ދަނީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ އަމަލެއް ކޮއްކޮ ހިންގުމުން އޭނާ ހިމާޔަތް ކުރަން ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ބުނެ ފާޑު ކިޔަމުންނެވެ.

އެ މައްސަލައިގަ ރޭ ނާޒިމް ހައްޔަރު ކުރީ އއ. އަތޮޅުގެ ރިސޯޓަކުންނެވެ. އޭނާގެ ބަންދަށް މިއަދު އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހަތް ދުވަސް ޖަހާފަ އެވެ.

އޭނާ ބަންދުކޮށްފައި ހުރީ ރަސްދޫ ޕޮލިސް ސްޓޭޝަންގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް