މޫސުމަށް ސަމާލުވޭ: ތ. އާއި ލ. ފިޔަވާ ހުރިހާ އަތޮޅެއް ވައިޓް އެލާޓުގައި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ. އެލާޓު ނެރެފައިވަނީ ތ. އަދި ލ. ފިޔަވާ ހުރިހާ އަތޮޅަކަށެވެ. އެއީ ހއ. އަތޮޅުން މ. އަތޮޅަށް އަދި ގއ. އަތޮޅުން ފެށިގެން އަ...

29 Jul 2022 | 14:52

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ.

އެލާޓު ނެރެފައިވަނީ ތ. އަދި ލ. ފިޔަވާ ހުރިހާ އަތޮޅަކަށެވެ. އެއީ ހއ. އަތޮޅުން މ. އަތޮޅަށް އަދި ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދަށެވެ.

މި އެލާޓު ނެރެފައިވަނީ ހަވީރު 6:00 ން މިރޭ 12:00 އަށެވެ.

މެޓް އޮފީހުން ބުނީ އެލާޓު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

ދެކުނުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. އުތުރާއި މެދުރާޢްޖެ ތެރޭގެ ރަށްތަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައިވަނީ 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ.

އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ. ދެކުނުގެ ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެ އެވެ.

މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް