އެއް ޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި ނޫސްވެރިޔާ އަލީ ނަސީރު ހައްޔަރުކޮށްފިއެވެ.
ރާއްޖޭގެ އެކި ޓީވީ ސްޓޭޝަންތަކުގައި މަސައްކަތްކޮށްފައިވާ އަދި ފަހުން ޖަޒީރާ ނޫހުގެ ޗީފް އެޑިޓަރުކަން ކުރަމުންދިޔަ ނަސީރު މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކަކާއި ގުޅޭ މައްސަލައެއްގައެވެ. ނަސީރު އެހެން މީހަކާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު އެ ވީޑިއޯތަކުން ފެންނަކަމުގައި ވީޑިއޯ ދުށް ފަރާތްތަކުން ބުނެއެވެ.
ނަސީރު ހައްޔަރުކޮށްފައިވާއިރު ފުލުހުން އަންނަނީ އަލްމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގާ ހިމެނޭ މީހުންވެސް ހައްޔަރުކުރަމުންނެވެ.
އެގޮތުން މިިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ފުލުހުންގެ ވަޒީފާގައި އުޅުނު މީހަކާއި ގާނޫނީ ވަކީލު އަދި ރައީސް ނަޝިދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެ އިތުރުން ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް