ދުނިޔޭގެ އެންމެ ނިޔަފަތި ދިގު އަންހެން މީހާ ނިޔަފަތިތައް ކަނޑާލައިފި

އަތުގެ ނިޔަފަތި އެންމެ ދިގު އަންހެން މީހާގެ ރެކޯޑު އޮންނަ އަޔާނާ ވިލިއަމްގެ ނިޔަފަތިތައް ކަނޑާލައިފި އެވެ. އޭނާ އަކީ އެމެރިކާގެ ޓެކްސަސްއަށް ނިސްބަތްވާ އުމުރުން 64 އަހަރުގެ މީހެކެވެ. ގިނިސް ބުކް އޮފް ...

29 Jul 2022 | 10:29

އަތުގެ ނިޔަފަތި އެންމެ ދިގު އަންހެން މީހާގެ ރެކޯޑު އޮންނަ އަޔާނާ ވިލިއަމްގެ ނިޔަފަތިތައް ކަނޑާލައިފި އެވެ.

އޭނާ އަކީ އެމެރިކާގެ ޓެކްސަސްއަށް ނިސްބަތްވާ އުމުރުން 64 އަހަރުގެ މީހެކެވެ.

ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ބުނީ މީގެ ދެ ދުވަސް ކުރިން އޭނާ ނިޔަފަތި ކެނޑީ 27 އަހަރު ފަހުން ކަމަށެވެ. އެންމެ ފަހުން އޭނާ އެ ރެކޯޑު އާކޮށްފައިވަނީ 2018 ވަނަ އަހަރެވެ.

ނިޔަފަތިތައް ކެނޑި އިރު އަޔާނާގެ ނިޔަފަތިތަކުގެ ދިގުމިނުގައި 24 ފޫޓު ހުއްޓެވެ.

އަބަދުވެސް ތަފާތު ކުލަތަކުން ޒީނަތްތެރިކޮށްފައި ހުންނަ އަޔާނާގެ ނިޔަފަތިތަކުގައި ރީތިކޮށް ކުލަޖައްސާ ނިންމާލަން ހަފްތާއެއް ނަގާ ކަމަށް އޭނާ ބުނެފައިވެ އެވެ.

https://www.instagram.com/p/CNXVAxPB6fC/

އެ ނިޔަފަތިތައް ކެނޑުމަށް ފަހު ނިޔަފަތިތައް ވަނީ އެމެރިކާގެ މަޝްހޫރު މިއުޒިއަމް ރިޕްލޭސް ބިލީވް އިޓް އޯ ނޮޓްގައި ބަހައްޓަން ދީފަ އެވެ.

މި މަގާމު ދެން ލިބޭ މީހާގެ ނަން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް