ދެވަނަ ދައުރެއް ދީފި ނަމަ ޔާމިންގެ އަނިޔާވެރިކަން އިތުރު ވާނެ: ރިޔާޒު

ދެ ވަނަ ދައުރަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބު ވެއްޖެ ނަމަ އަނިޔާވެރިކަންް އިތުރުވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ހުޅުމާލޭ ދާ...

29 Jul 2022 | 09:46

ދެ ވަނަ ދައުރަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބު ވެއްޖެ ނަމަ އަނިޔާވެރިކަންް އިތުރުވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓަކަށް ދެއްވި ރައްދެއްގައި އެވެ. ޝުޖާއު ވިދާޅުވީ ޔާމީން އަންނަ އަހަރު ވެރިކަމަށް އިސްވެއްޖެ ނަމަ ފުލުހުންގެ ހިދުމަތަށް ބޮޑެތި ބަދަލު ގެންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު ފެންނަނީ ފުލުހުން ލައްވައި ހާލަތާއި ނުބައްދަލު ބާރު ރައްޔިތުންނާއި ދެކޮޅަށް ކުރާތަން ކަމަށެވެ.

މިވާހަަތަކާައި ގުޅިގެން ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމިނުގެ ވެރިކަމުގަ ފުލުހުންގެ ޚިދުމަތް ބޭނުންކުރައްވާފަވަނީ މީހުން ފުރޭމް ކުރުމަށެވެ. އަދި ފުލުހުން ބޭނުން ކޮށްގެން ޤާނޫނީ އިމުން ބޭރުން މީހުން ހިފާ ހައްޔަރުކުރުމުގައި ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި މުޅި މުއައްސަސާ އޮތީ ބޮއްސުންލާފަ ކަމަށް ރިޔާޒް ވިދާޅުވި އެވެ. މީގެ އިތުރުން އެ ވެރިކަމުގައި ފުލުހުންގެ އިދާރާ އިސްލާހުކުރުމަށް ކޮށްދެއްވި ކަމެއްނެތް ކަމަށްވެސް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ 2 ވަނަ ދައުރެއް ޔާމިނަށްދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ ކަމަށެވެ.

https://twitter.com/riyazabdulla/status/1552907790271774721

ޝުޖާއު މި ޓުވީޓު ކުރެއްވީ އިދިކޮޅުން ރޭ ކުރި މުޒާހަރާގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފައި ވަނިކޮށެވެ. ރޭގެ މުޒާހަރާއިން ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ.

މި މުޒާހަރާ އަކީ ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރި މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކުރި މުޒާހަރާ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް