ފުވައްމުލަކާއި އައްޑޫ ސިޓީއަށް މޫސުން ގޯސް، ވައިޓް އެލާޓުގައި

ދެކުނުގެ ދެ ސިޓީއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް މެންދުރު 12:00 ން ހަވީރު 5:00 އާއި ހަމައަށް ...

29 Jul 2022 | 07:03

ދެކުނުގެ ދެ ސިޓީއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް މެންދުރު 12:00 ން ހަވީރު 5:00 އާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ. އެ ވަގުތުތަކުގައި މޫސުން ގޮސްވާނެތީ އެ ސަރަހައްދަށް އޮތީ ވައިޓް އެލާޓު ނެރެފަ އެވެ.

މެޓް އޮފީހުން ބުނީ އައްޑޫ އާއި ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. އުތުރާއި މެދުރާޢްޖެ ތެރޭގެ ރަށްތަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައިވަނީ 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ.

އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ. ދެކުނުގެ ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެ އެވެ.

މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް