މިނިސްޓްރީ އޮފް ފިނޭންސްގެ ޕްރޮކިއުމެންޓް ހެޑްގެ މަގާމުގައި ހުންނެވި އަހުމަދު މުޖުތަބާ ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ކުއްލިގޮތަކަށް މިއަދުއެވެ.
އޭނާގެ އުފަން ރަށް ގއ. ދެއްވަދޫގައި ހުންނަވަނިކޮށް ބަނޑުގައި ރިއްޔާސީތީ އެރަށު ސިއްހީ މަރުކަޒަށް ދެއްކުމަށްފަހު އަތޮޅު ހޮސްޕިޓަލުން ވެސް ފަރުވާދީފައިވާއިރު، ހާލަތު އިތުރަށް ގޯސްވެގެން ކުއްލިގޮތެއްގައި ވަނީ މާލެ ގެނެސްފައެވެ.
އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވީ މިއަދުއެވެ.
މުޖުތަބާ ނިޔާވިއިރު، އަނބިކަނބަލަކާއި ހަތަރު ކުދިން އެބަތިއްބެވެ. ނިޔާވިއިރު ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޕްރިކިއުމަންޓް ޕޮލިސީ ޑިޕާންޓްމަންޓްގެ ޗީފް ޕްރޮކިއުމަންޓް އެކްޒެކެޓިވް ހެޑްގެ މަގާމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް