މާލޭ ގެއަކަށް ގްރޫޕު ހަދައިގެން ގެއަކަށް ވަދެ ބަޔަކަށް އަނިޔާކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މާލޭގައި އެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ރޭ 10:45 ހާއިރު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ގްރޫޕުން މާރާމާރީ ހިންގީ ގޭތެރޭގައި ކަމަށެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 23 އަހަރާއި 35 އަހަރު އަދި 36 އަހަރުގެ ދިވެހި ފިރިހެނުންނަށް ކަމަށެވެ.
މި މާރާމާރީގައި ލިބުނު ޒަހަމްތަކަށް އެ ތިން މީހުން ވަނީ ހޮސްޕިޓަލުން ފަރުވާ ހޯދާފަ އެވެ. އެކަމަކު ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.
ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް