ނުކުޅެދުންތެރިކަމެއް ހުރުމަކީ މަސައްކަތެއް ނުކޮށް ނުވަތަ އާމްދަނީ ހޯދުމަށް ކަމެއް ނުކޮށް ހުންނަންޖެހޭ ކަމެއް ނޫނެވެ. އެހެންނަމަވެސް އެފަދަ އެއްވެސް ކަމެއް ނުކުރެވޭ ފަރާތްތައް އިސްތިސްނާއެވެ.
ކޮންމެކަމަކީ ވެސް ހިތްވަރަކާއި ޢަޒުމަކާއެކު ފަށައިފިނަމަ، ކުރެވޭނެ ކަންކަން ކަމެވެ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ ފެންވަރުން ކުރެވޭވަރުގެ ކަންކަން ބައިވަރެވެ.
މިސާލަކަށް ރެސްޓޯރެންޓެއްގެ ވެއިޓަރުކަން، ކާބޯތަކެތި ޑެލިވަރީ ކުރުން ފަދަ ކަންކަމަކީ ވީލް ޗެއަރ ނުވަތަ ފުރޮޅުލީ ގޮނޑީގައި އިނދެގެން ވެސް ކުރެވިދާނެ މަސައްކަތްތަކެވެ.
އެކަން މި ހިއްސާކޮށްލާ ވީޑިއޯ އިން ވެސް ހާމަވާނެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތެކެވެ. އިނީ ވީލް ޗެއަރގައެވެ. ކުރާ މަސައްކަތަކީ ޑެލިވަރީ ކުރުމެވެ.
https://www.instagram.com/reel/Cfi1P_4IfYi/?utm_source=ig_embed&ig_rid=7913d68c-d5da-4b3d-aaa5-f67753ad3ff3
އަވަށްޓެރި އިންޑިއާގެ ކާރޫބާރޫ ބޮޑު މަގުތަކުގައި އެގައުމުގެ "ޒޮމާޓޯ" އެޖެންޓެއް ވައިރަލް ވެފައިވާއިރު، ގިނަ ބައެއްގެ ތަރުހީބު ވެސް އަންނަނީ އޮހެމުންނެވެ. އޭނާގެ ކެރުމަށެވެ. ނުކުޅެދުންތެރިކަމެއް ހުރިތީވެ، ގޭގައި ނޯވެ، އަމިއްލަ މަސައްކަތުން ދާ އޮހޮރުވައިގެން ފައިސާ ހޯދާތީއެވެ.
އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަންނަނީ ވަރަށްބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެއީ ޝުކުރުވެރިވުން ހައްގު މަސައްކަތްތަކެކެވެ. އެހެންނަމަވެސް ހިތާމައަކީ ގައިގާ ބާރު ހުރެމެ، (ކަންނެތްގުޅިން) ފެންވަރައިގެން މާލޭގެ އެކި ތަންތަނުގައި މީހުން ތިބޭތަން ފެންނަކަމެވެ.
މިފަދަ މަސައްކަތްތަކަކީ ވެސް ރާއްޖެއިން ބޭރަށް ދާ ފައިސާ، މި ގައުމުގައި ބެހެއްޓުމަށް އެޅޭ ހަރުދަނާ ފިޔަވަޅަކަށް ނޫނީ ނުވާނެތީ ހިއްސާކޮށްލީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް