ކުރީގެ މެމްބަރު މުހަންމާ އަނެއްކާވެސް ޕީޕީއަށް ސޮއިކޮށްފި

އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އަނެއްކާވެސް ޕީޕީއެމްއަށް ސޮއިކުރައްވައިފި އެވެ. މުހަންމާ އިހަވަންދޫ ދާއިރާގެ މެމްބަރު ކަމަށް ޖުމްހޫރީ ޕާޓީގައި ޓިކެޓުގައި ހޮވި މެމްބަ...

29 Jul 2021 | 18:10

އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އަނެއްކާވެސް ޕީޕީއެމްއަށް ސޮއިކުރައްވައިފި އެވެ.

މުހަންމާ އިހަވަންދޫ ދާއިރާގެ މެމްބަރު ކަމަށް ޖުމްހޫރީ ޕާޓީގައި ޓިކެޓުގައި ހޮވި މެމްބަރުގެ ހުވާ ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެ ކުރިން ޕީޕީއެމްއަށް ސޮއި ކުރައްވާފައިވެ އެވެ. އެކަމަކު އޭނާ ވަނީ ފަހުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އާއި ގުޅިވަޑައިގެންފަ އެވެ.

އަދި އެމްޑީޕީގެ މަޖިލީސް އިންތިހާބުގެ އެމްޑީޕީ ޓިކެޓު ހޯއްދަވަން އިހަވަންދޫ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރައްވާ ނާކާމިޔާބު ވެފައިވެ އެވެ އެއާ އެކު މުހަންމާ ހުރިހާ މިހާތަނަށް ސިޔާސީ ދާއިރާއިން ގެއްލިފަ އެވެ.

މިރޭ ޕީޕީއެމްއިން ބޭއްވި ރަސްމިއްޔާތެއްގައި ސޮއި ކުރެއްވުމަށް ފަހު މުހަންމާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ވަކިވެ، އެހެން ވިސްނުމެއްގައި މަސައްކަތް ކުރެވުނީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެއީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ވިދާޅުވި އެވެ.

މުހަންމާގެ އިތުރުން މިރޭ ޕީޕީއެމްއަށް ސޮއި ކުރި ބޭފުޅުންގެ ތެރޭގައި އެމްޑީއޭގެ އަންހެނުންގެ ގޮފީގެ ރައީސާގެ މަގާމުގައި ހުންނެވި ނަޒީރާ އާއި މާލޭ ސިޓީ ކައުންސިލުގެ ހެންވޭރު އުތުރު ކުރީގެ މެމްބަރު މުހައްމަދު ފިޝާވިން ހިމެނެ އެވެ. ނަޒީރާ އާއި ފިޝާވިން އަކީވެސް ކުރިން ޕީޕީއެމްގައި ތިއްބެވުމަށް ފަހު އެހެން ޕާޓީތަކަށް ދިޔަ ބޭފުޅުންނެވެ.

ޕީޕީއެމްއިން ވަނީ މެމްބަރުން އިތުރު ކުރުމަށް "މަވެސް ޕީޕީއެމް" ކެމްޕެއިން ފަށާފައި އެވެ. މި ކެމްޕެއިންގެ ތެރެއިން ކުރީގެ ޓެލްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ވެސް އެ ޕާޓީއަށް ސޮއި ކުރައްވާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް