މިއަދުވެސް ކޯވިޑް ޖެހުނު އަދަދު 100ން މަތީގައި، ގިނައީ އަތޮޅުތެރެއިން ޕޮސިޓިވްވި މީހުން

ކޯވިޑް-19 އަށް އިތުރު 108 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން 60 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން 17 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ކޯވިޑް ޖެހިފައި...

29 Jul 2021 | 17:05

ކޯވިޑް-19 އަށް އިތުރު 108 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން 60 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން 17 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ކޯވިޑް ޖެހިފައިވަނީ 28 މީހުންނަށެވެ. ދެން ޕޮސިޓިވްވެފައިވަނީ އިންޑަސްޓްރިއަލް ރަށްތަކުން ދެ މީހުންނާއި ސަފާރީތަކުން މީހަކު އެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،272 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،541 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 14 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 74،429 އަށް އަރާފައި އެވެ.

އަދި ބަލީގައި މިހާތަނަށް މަރުވެފައިވަނީ 220 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 77،202 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް