ކޯވިޑް-19ގައި ރ. ދުވާފަރުން އިތުރު މީހަކު ނިޔާވެއްޖެއެވެ.
މިއީ މި ބަލީގައި އެ ރަށުން ނިޔާވި ހަތަރު ވަނަ މީހާއެވެ.
އޭނާ ނިޔާވިކަން ދުވާފަރު ކައުންސިލްގެ ރައީސް ވަނީ ކަށަވަރުކޮށްދީފައެވެ.
ދުވާފަރުން ކޯވިޑް-19 ރޯގާ ޖެހި މިއަދު މީހަކު ނިޔާވެފައިވާއިރު އެ ރަށު ރައްޔިތުންގެ ބަޔަކު ސިއްޙީ މަރުކަޒު ދޮށަށް އެއްވެ މުޒާހަރާ ވެސް ވަނީކޮށްފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާއަށް ނުކުތީ ކޯވިޑް-19ގެ ކަންކަން އިންތިޒާމުކުރުމުގައި ކަމާ ބެހޭ އިދާރާތަކުން އިހުމާލުވެފައިވާ ކަމަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް