ބޮން ހަރުކުރި ކަމަށް ބުނާ ހައިޝަމަށް ދައުވާ ކޮށްދޭން އެދެފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ ހައްޔަރުކޮށްފައިވާ އިތުރު މީހަކަށް ދައުވާ ކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ. އެ މައްސަލައިގަ ...

29 Jul 2021 | 13:41

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ ހައްޔަރުކޮށްފައިވާ އިތުރު މީހަކަށް ދައުވާ ކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައިގަ މީގެ ކުރިން ވަނީ ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައި އެވެ. އެއީ އަދުހަމް އަހުމަދު ރަޝީދާއި މުޖާޒް އަހުމަދާއި ތަހުމީން އަހުމަދު އަދި އަހްމަދު ފާތިހުގެ މައްޗަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވީ ފުލުހުން އިތުރު މީހެއްގެ މައްޗަށް ތައުވާކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އެއީ ނ. މަނަދޫ، ނޫރީގޭ އަލީ ހައިޝަމް ކަމަށް ޕީޖީ މީޑިއާގައި ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މި މައްސަލައިގަ ބައިވެރިވި މީހުންގެ އަދާކުރި ދައުރު ހާމަކޮށްފަ އެވެ. އެގޮތުން ހައިޝަމް އަކީ ސައިކަލުގައި ބޮން ހަރުކުރި މީހާ ކަމަށް ފުލުހުން އެރޭ ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ހައިޝަމާއި އޭނާގެ ގުރޫޕްގެ މީހުން ބޮން ހަރުކުރީ ހުޅުމާލޭގައި މީހުން ދިރިއުޅޭ ފްލެޓެއްގެ ބޭރުގައި ސައިކަލު ބަހައްޓައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް