ހިޔާގެ ރޯވި ޢިމާރާތުގައި ކުދިންނެއް ނުތިބޭނެ: ޖެންޑާ މިނިސްޓްރީ

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވި އިމާރާތަކީ މިހާރު ކުދިން ތިބޭތަނެއް ނޫން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ. ވިލިމާލޭގެ ކުޑަކުދިންގެ ހިޔާގައި މިއަދު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި...

29 Jul 2021 | 09:24

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވި އިމާރާތަކީ މިހާރު ކުދިން ތިބޭތަނެއް ނޫން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ވިލިމާލޭގެ ކުޑަކުދިންގެ ހިޔާގައި މިއަދު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މިއީ މިއަހަރު ތެރޭގައި އެތަނުގައި ހިނގި އަލިފާނުގެ ތިން ވަނަ ހާދިސާގައި އެވެ.

އެތަނުގައި އަލިފާނުގެ ޙާދިސާތައް ހިންގަން މެދުވެރިވާ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކުޑަކުދިންގެ ހިޔާގައި ވޭތުވެދިޔަ 2 މަސްތެރޭގައި އަލިފާނުގެ 3 ޙާދިސާ ހިނގުމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ހުރި އިރު އެތަނުގައި މިހާރު ކުޑަކުދިން ނުތިބޭ ކަމަށް ޖެންޑަރ މިނިސްޓްރީއިން ބުނެއެވެ. ހިޔާގައި ތިބި ކުޑަކުދިން މިހާރު ރަށްރަށުގައި ހުރި އަމާން ހިޔާތަކަށް ބަދަލުކޮށްފައެވެ.

ކުޑަކުދިންގެ ހިޔާގައި މިވަގުތު ތިބީ ޑޮކްޓަރަށް ދެއްކުމަށް އަމާން ހިޔާއިން މާލެ އައި ކުއްޖަކާއި އަމާން ހިޔާއަށް ދިޔުމަށްޓަކާ އެތަނުގައި ވަގުތީ ގޮތުން ބަހައްޓާފައިވާ ކުއްޖެކެވެ. އަދި ވަރަށް އަވަހަށް މިދެކުދިންވެސް އަމާން ހިޔާއަށް ބަދަލުކުރުމަށް ހަމަޖެހިފައި ވެއެވެ.

އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ މިވަގުތު އެތަނުގައި މަޑުކޮށްގެން ތިބި ކުދިން ތިބި ޢިމާރާތުގައި ނޫންކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް