ށ. ފީވަކާއި މ. ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ފީވަކާއި ކޮޅުފުށީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ދެ ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރައްތަކަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
އެޗްޕީއޭއިން ބުނީ އެ ރަށްރަށުން ފެނުނު ކޯވިޑް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މި ދެ ރަށް މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައި އިރު މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ ފ. ފީއަލީގެ މޮނިޓަރިންގެ ހާލަތު ވަނީ އުވާލާފައި އެވެ. އެ ރަށް މޮނިޓަރިންއަށް ލީ މިދިޔަ މެއި މަހުގެ ދެ ވަނަ ދުވަހު އެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 12 ރަށެވެ،
އެޗްޕީއޭއިން ގައިޑްލައިންތަކަށް ގެނެސްފައިވާ ބަދަލާއި އެކު ބަލި ޖެހުނުތާ 60 ދުވަސް ނުވާ މީހުންނާއި ކޯވިޑް-19 ވެކްސިން ދެ ޑޯޒު ފުރިހަމަ ކޮށްގެން ދާ މީހުންވެސް މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި 14 ދުވަހު ކަރަންޓީން ވާން ޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް