ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ޖައްސާލައިގެން އުޅެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޑިމޮކްރެސީ އެއްގައި ހިޔާލު ތަފާތު ވުމަކީ މައްސަލައެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ ރޮޒައިނާ މިހެން ވިދާޅުވީ ރޭ ޓީވީ ޕޮރޮގުރާމެއްގައެވެ.
ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދު އެ ދައްކަވާ ހުރިހާ ވާހަކައަކަށް އެއްބަސްވާން ނުޖެހޭ ކަމަށެވެ. އަދި އޭގެ މާނައަކީ ޖައްސާލައިގެން އުޅުން ކަމުގައި ވާނަ ޑިމޮކްރެސީއެއްގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދު، ވިސްނަވާ ނުލައްވާ ތަކުރާރުކޮށް އެ ދައްކަވާ ބައެއް ވާހަކަފުޅުތަކުގެ ސަބަބުން ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕް ތެރޭގައިވެސް ހިޔާލު ތަފާތުވުން އުފެދި، މެމްބަރުން ވާހަކަ ދައްކަވާ ކަމަށެވެ.
"އަޅުގަނޑެއް ރައީސް ނަޝީދާ ޖައްސާލައިގެން އެއް އިރެއްގަވެސް ނޫޅެން. ނަޝީދާ ޖައްސާލަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން. އެއްވެސް ބެލުމެއް ނެތި އެ ދައްކަވާ ހުރިހާ ވާހަކަ އަކަށް އެއްބަހެއް ނުވެވޭނެ." ރޮޒައިނާ ވިދާޅުވިއެވެ.
މި ފަހަކަށް އައިސް އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑެވެ ޕާޓީ ވަނީ ދެފަޅި ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް