ކ. ކާށިދޫން އިތުރު 19 މީހަކު ކޯވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.
ކާށިދޫ ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ބަލާއިރު، އަންގާރަ ދުވަހުގެ ރޭ 7:00ން ބުދަ ދުވަހުގެ ރޭ 7:00ށް އިތުރު 19 މީހުން ޕޮޒިޓިވްވެފައިވެއެވެ. މިހާތަނަށް 179 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 56 މީހުން ބަލިން ރަނގަޅުވެފައިވެއެވެ.
100 ސާމްޕަލެއްގެ ނަތީޖާ ނުލިބޭއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 92 ސާމްޕަލެއް ފޮނުވާފައިވާ ކަމަށް އެ ސެންޓަރުން ބުނެއެވެ. އަދި 90 ގެއެއް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ.
މަރުކަޒުން ބުނީ 123 އެކްޓިވް ކޭސް ހިމެނޭ ކަމަށެވެ. އަދި ސާމްޕަލް ނެގުމުގެ މަސައްކަތަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށާއި، މިހާތަނަށް 2724 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ޓެސްޓުކުރުމަށް ހެލްތް ސެންޓަރުން އިލްތިމާސްކޮށްފައިވެއެވެ.
ޖުލައި މަހުގެ 12 ވަނަ ދުވަހު ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ދެ ސާމްޕަލެއް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ފަހުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
މީގެ އިތުރުން އެ ރަށު ސިއްހީ މަރުކަޒުން ބުނީ 123 އެކްޓިވް ކޭސް ހިމެނޭ ކަމަށެވެ. އަދި މިހާތަނަށް 2724 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް